Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ

މަސްވެރިކަން ކުރަން ނުކުމެ އުޅުނު މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ ގދ.މަޑަވެލި ބޮއެ ކައިރިން މަސްވެރިކަން ކުރަމުން ދިޔަ "ކުރިމަގު" ދޯނީގައި ކަމަށެެވެ. އަދި މި ހާދިސާގައި އެ ދޯނީގައި ހުރި 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި ހާލު ދެރަވެގެން ތިނަދޫއަށް ގެންދެވިފައި ވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

<img class="alignnone size-large wp-image-67078" src="https://cdn.dhen.mv/wp-content/uploads/2021/02/photo6185711328648342443-593x1024.jpg" alt="" width="593" height="1024" />

Advertisement
Ooredoo — Square (box)

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެފަރާތަށް ލިބުނީ މިއަދު 12:33 ހާއިރު ކަމަށެވެ.

މި ހާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި އެހެން ދޯނިފަހަރުގެ އެހީގައި ނިއްވާލި ކަމަށް މައުލޫމާތު ލިބެއެވެ. އެސަރަހައްދުގައި އޮތް މަސް ދޯންޏެއްގައި އުޅޭ މީހަކާ ހަވާލާދީ "މަސްވެރިން އެމްވީ" ގައި ބުނެފައި ވަނީ މި ހާދިސާ ހިނގީ ޕެޓްރޯލް ޕަމްޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް