Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު ކާރުގައި ތާށިވެ އަނެކަކުގެ ހާލު ސީރިއަސް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު ކާރުގައި ތާށިވެ އަނެކަކުގެ ހާލު ސީރިއަސް

ޏ. ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު ކާރުގައި ތާށިވެ އަނެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ކައުންސިލުގެ މޭޔަރ ޢަބްދުﷲ ފަލާޙް ވިދާޅުވީ، ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެކަކުގެ ހާލު ސީރިއަސް ވެގެން ފަރުވާ އަަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަނެކަކު ކާރުގައި ތާށިވެފައި އޮތުމުން އޭނާ ކާރުން ނެގުމަށްޓަކައި ކާރު ކަފާލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން ، ފުވައްމުލަކު ކައުންސިލު ގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ލިރާރް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު 16:40 ހާއިރު ކަމަށާއި ކާރުގައި ތާށިވި މީހާ ވެސް މިހާރު ނަގައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ ދެ ފިރިހެނުންނަށެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ދިގު ރުކެއްގައި ޖެހިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް