ޚަބަރު

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ވެސް ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ވެސް ނިޔާވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލު މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ، މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ވެސް ނިޔާ ވެއްޖެ ކަމަށެވެ.

"މިއެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެނެވުނީ ދެ މީހުން، ދެ މީހުން ވެސް މިހާރު ނިޔާވެއްޖެ. އެކަކު އަދި އައިޑެންޓިފައީ އެއް ނުކުރެވޭ. އައިޑެންޓިފައީ ކުރެވުނީ އުމުރުން 24 އަހަރުގެ ފިރިހެނެއް. ދެން ނިޔާވީ ވެސް ފިރިހެނެއް. އެކަމަކު އޭނަ އަދި އައިޑެންޓިފައީ އެއް ނުކުރެވޭ ކާކު ކަމެއް" ސައީދު ވިދާޅުވިއެވެ.

ހޮސްޕިޓަލު މެނޭޖަރ ވިދާޅުވި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ނިޔާވީ 16:56 ގައި ކަމަށާއި ދެ ވަނަ މީހާ ނިޔާވީ 17:04 ގައި ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ރުކެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ކަމަށްވާ އާމިލް ފުރަތަމަ އިނީ ކާރުގައި ތާށިވެފައި ކަމާއި، އޭނާ ކާރު ތެރެއިން ނެގީ އެ ކާރު ކަފާލައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މި ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!