Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަދު ފުވައްމުލަކުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކިނބި ގަހެއްގައި ކާރު ޖެހިގެން!

މިއަދު ފުވައްމުލަކުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކިނބި ގަހެއްގައި ކާރު ޖެހިގެން!

މިއަދު ހަވީރު ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދެމީހުން ނިޔާވެފައިވާއިރު، މި އެކްސިޑެންޓު ހިނގައިފައިވަނީ މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގެ ހުޅަނގު ފަރާތުގައި ހުރި ކިނބި ގަހެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ދެމީހަކު ނިޔާވެފައިވެއެވެ. އެއީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެރަށު ހިސްޕިޓަލުން ވަނި ބުނެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ކަމަށްވާ އާމިލް އޮތީ ކާރުގައި ތާށިވެފައި ކަމާއި، އޭނާ ކާރު ތެރެއިން ނެގީ އެ ކާރު ކަފާލައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement
Allied Insurance — Square (box)

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މި ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް