ޚަބަރު

އެޗްޕީއޭ އިން އެދުނީ މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑް އެއްގެ ކިޔެވުން މެދު ކަނޑާލަން

ރައުފާ ރަޝީދު ، ދެން އޮންލައިން
އިމާދުއްދީން ސްކޫލް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އެޗްޕީއޭ އިން އެދުނީ މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން މެދު ކަނޑާލަން ކަމަށް “ދެން” އަށް މައުލޫމާތު ލިބިއްޖެއެވެެ. 

Ads by Hajj Corporation

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ދެ ހަފުތާއަށް ގްރޭޑް 8 އިން ފެށިގެން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލްތަކުގެ ކިޔެވުން ގްރޭޑް އަށަކާ ހަމައަށް އޮންލައިން ކުރަން ނިންމީ މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވި ކަމާއެެކު ފެތުރެމުން ދިއުމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

އެހެންނަމަވެސް “ދެން” އަށް ލިބިފައިވާ ސިޓީ އެއްގައި ވާގޮތުން މާލެ ސަރަހައްދުގައި ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލުތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލެއްވުމަށް އެޗްޕީއޭއިން އިއްޔެ އެޑިޔުކޭޝަނަށް ފޮނުވި ސިޓީގައި އެދިފައި ވެއެވެ.

އެޗްޕީއޭގެ ސިޓީގައި ބުނެފައިވާ ގޮތުގައި ބަލި ކޮންޓްރޯލްކޮށް ބަލިޖެހޭ މީހުންގެ އަދަދު ދަށް ކުރެވޭނީ މީހުން އެއް ތަނުން އަނެއް ތަނަށް ދިއުން ވެސް މަދު ކޮށްގެންނެވެ.

އެ ސިޓީގައި ބުނެފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާ ކަމަށެވެ. މިކަމާ ގުޅިގެން ފިޔަވަޅުތައް އިތުރަށް އަޅަމުންދާ ކަމަށާއި އިތުރަށް ވަރުގަދަކުރަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!