ޚަބަރު

ގޭސް ފުޅިއެއް ގޮވައި، މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ ހެންވޭރު ގައި ހުރި ގެއަކުން ގޭސް ފުޅިއެއް ގޮވައި، މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

Ads by STELCO

ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ބޮޑު ތަކުރުފާނު މަގު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ.

މިހާދިސާގައި އަނިޔާވި މީހަކަށް އޭޑީކޭ ގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފް ވެސް ދިޔައެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާ ވެފައިވަނީ އުނދުން ރޯ ކުރި އަންހެނަކަށް ކަމަށެވެ. އަދި މި ހާދިސާގައި އަލިފާން ރޯވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ބަދިގޭގެ ކަބަޑުތަކަށާއި، ދޮރު ތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!