ކޮވިޑް-19: 20 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށަނީ

މާލެ ސަރަޙައްދުގައި ދިރިއުޅޭ، އުމުރުން 20 އަހަރުން މަތީގެ އެންމެންނަށް މާދަމާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 6،073 މީހުންނަށް އިއްޔެ ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 105،492 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 72،872 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 32،620 މީހަކަށް ވެކްސިން ދީފައި ވެއެވެ.