Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގޭސްފުޅި ގޮވައިގެން އަނިޔާވި މީހާގެ ހާލު ރަނގަޅު: އޭޑީކޭ

ގޭސްފުޅި ގޮވައިގެން އަނިޔާވި މީހާގެ ހާލު ރަނގަޅު: އޭޑީކޭ

މިރޭ މާލޭގެ ހެންވޭރު ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާ އަހްމަދު އަފްއާލް ވިދާޅުވީ، އަނިޔާވީ މީހާގެ ހާލު ރަނގަޅުކަމަށާއި މާބޮޑު ގެއްލުންތަކެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އައްފާލް ދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ބޮޑު ތަކުރުފާނު މަގު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިހާދިސާގައި އަނިޔާ ވެފައިވަނީ އުނދުން ރޯ ކުރި އަންހެނަކަށެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އަލިފާން ރޯވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ބަދިގޭގެ ކަބަޑުތަކަށާއި، ދޮރު ތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް