Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލިސް މެންބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ: މަލީޙް

މަޖިލިސް މެންބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ: މަލީޙް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީޙްގެ އިތުބާތު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މަލީޙްއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މަލީޙް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ތަޢުލީމީ ފެންވަރު ބަލަން ޖެހޭ ކަމަށާއި އެކަމަށް ތަކުރާރުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑުމެން ވަކާލާތު މިކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައެޅެން އެބަޖެހޭ. އެކަން ކުރަން އެބަޖެހެއޭ." މަލީޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މަލީހްގެ ވާހަކަފުޅުގައި ވަނީ މަޖިލީހަށް ހުޅަހެޅި މައްސަލައަކީ މުޅިން ނުބައި މަޢުލޫމާތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، ބޭއިންސާފަށް ކަންކަން ނުކުރުމަށް މަޖިލީހަށް ގޮވާލާފައެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ބޭއިންސާފުގެ މައްޗަށް ތި މެންބަރުން އިންސާފު ކުރިޔަށް ނެރުން. ބާރު އޮތަތީ ނުޙައްޤުން އަނިޔާ ނުދިނުން."  މަލީހް ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހްގެ ވާހަކަފުޅުގައި ބައެއް މިނިސްޓަރުންނަށް، ބައެއް މެމްބަރުން ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. މިގޮތަށް ވިދާޅުވުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ނިޒާމީ ނުކުތާއެއް ނަންގަވާވަނީ އެފަދަ ގޮތަކަށް ވިދާޅުވާނަމަ، ތަފްސީލް ދެއްވަން ޖެހޭނެ ކަމަށެވެ. ނިޒާމީ މައްސަލަ ބަލައިގަނެ، ރިޔާސަތުން މަލީހާ އެސުވާލު ކުރެއްވުމުން، މަލީހް ވިދާޅުވީ، މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރި ކަމަށެވެ.

މިއާއެކު ޝިދާތާ އަށް ބިރު ދެއްކިކަން ފެންނަން އޮތީ ކޮންތާކުންތޯ އާއި، މިނިސްޓަރ މަލީޙްގެ އެ ވާހަކަތައް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވާނެކަމަށް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް