ކޮވިޑް-19: ބާރަށުން 9 މީހަކު ފައްސިވެއްޖެ

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް އާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ފައްސިވުމުންނެވެ.
ފައްސިވެފައިވާ މީހުންގެ ތެރޭގައި 70 އަހަރުގެ ހައި ރިސްކު މީހެއް ވެސް ހިމެނެއެވެ.
އެރަށަށް އަރައި ފޭބުން މަނާ ކޮށްފައިވާއިރު ޖުމުލަ ގާތްގަނޑަކަށް 18 ވަރަކަށް ގެއެއް މިހާރު ކަރަންޓީނުގައި ހުރި ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.