Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިނިސްޓަރު މަހްލޫފް ވެކްސިން ޖަހަން މަޑުކުރީ އޭނާގެ އުމުރުފުރާއަށް ވެކްސިން ޖަހަން ހުޅުވާލަންދެން

މިނިސްޓަރު މަހްލޫފް ވެކްސިން ޖަހަން މަޑުކުރީ އޭނާގެ އުމުރުފުރާއަށް ވެކްސިން ޖަހަން ހުޅުވާލަންދެން

މާލެ ސަރަޙައްދުގައި ދިރިއުޅޭ ވިހި އަހަރުން މަތީގެ މީހުން، ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން ހުޅުވާލުމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙްލޫފް ވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

މިނިސްޓަރ މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ވެކްސިން ޖަހަން މަޑު ކުރެއްވީ އެމަނިކުފާނު އުމުރުފުރާއަށް ވެކްސިން ދޭން އެޗްޕީއޭއިން ފަށަންދެން ކަމަށެވެ.

https://twitter.com/AhmedMahloof/status/1366398371297042438?s=20

Advertisement
Allied Insurance — Square (box)

އެގޮތުން މާލެ ސަރަޙައްދުގައި ދިރިއުޅޭ، އުމުރުން 20 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ދޭން ފެށުމުން، ވެކްސިން ޖެއްސެވީ ކަމަށް ވެސް ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 111،415 މީހަކަށް ރާއްޖޭގައި ވަނީ ވެކްސިން ދީފައެވެ. އޭގެތެރެއިން މާލޭއިން 75،163 މީހުންނަށް ވެކްސިން ދިންއިރު، އަތޮޅުތެރެއިން 36،252 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް