Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިޔާޟްމެންގެ މަސައްކަތް އަބޫޖަހުލުމެން ކުރަމުން ދިޔަ މަސައްކަތާ ވަރަށް ގާތް: ޙުސެއިން ރަޝީދު

އިޔާޟްމެންގެ މަސައްކަތް އަބޫޖަހުލުމެން ކުރަމުން ދިޔަ މަސައްކަތާ ވަރަށް ގާތް: ޙުސެއިން ރަޝީދު

ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިންނަށް، އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސް ހުސައިން ރަޝީދު އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން ޙުސެއިން ރަޝީދު ވިދާޅުވީ ޑރ. މުހައްމަދު އިޔާޟްމެންގެ މަސައްކަތް އަބޫ ޖަހުލުމެން ކުރަމުން ދިޔަ މަސައްކަތާ ވަރަށް ގާތް ކަމަށެވެ.

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފައިވާ އެންގުމަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވެ ޑރ. އިޔާޟް ފޮނުއްވައިފައިވާ މެސެޖެއް ހިއްސާ ކުރައްވަމުން ޙުސެއިން ރަޝީދު ވިދާޅުވީ ނަމާދު ކުރާއިރު ކޮރޯނާގެ ޙާލަތުގައި ނަމާދަށް ދާމީހުން ދުރުދުރުގައި ނުބޭތިއްބުމަށް ޝައިޚު އިޔާޟް މުދިމުންނަށް އިންޒާރު ޖައްސަވަމުން، ޤައުމުގައި ފިތުނަ ފަސާދަ އުފައްދަވަމުން ގެންދަވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

"މިބޭފުޅުންގެ މިމަސައްކަތް ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުން ދިޔަ މަސައްކަތާ ވަރަށް ގާތް. ތަފާތަކީ މިބޭފުޅުން އިސްލާމް ދީނުގެ ނަމުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް މިބޭފުޅުންގެ ޢަމަލުތައް ހިންގަވަމުން ދިއުން." ހުސައިން ރަޝީދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން، މިއަދުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިޙާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ ނިންމަވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް