Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށަނީ

18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށަނީ
މާލެ ސަރަޙައްދުގައި ދިރިއުޅޭ، އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެންނެވެ. ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުން އަނެއްކާ ވެސް އިތުރުވަމުން ދިޔުމާ ގުޅިގެން ވެކްސިން ޖެހުމުގެ ކަންތައްތައް ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 117،115 މީހުންނަށް ވެކްސިން ދީފައި ވެއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއްޔެ އަތޮޅު ތެރެއިން 3,612 މީހުންނަށާއި، އަދި މާލެ ސަރަޙައްދުން 2,088 މީހުންނަށް ވެކްސިން ދީފައިވެއެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 77،251 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 39،864 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް