ޚަބަރު

ކޮވިޑް-19: ބާރަށުން އިތުރު ހަތަރު މީހަަކު ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ބްލޫ ޕީސް މޯލްޑިވްސް

ހއ. ބާރަށުން އިތުރު ހަތަރު މީހަަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސި ވެފައި ވަނީ ބާރަށުން ކުރިން ފައްސިވި 9 މީހެއްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ފަރާތްތައް ކަމަށެވެ.

ޑައިރެކްޓް ކޮންޓެކްޓުން ގެ ގޮތުގައި ފާހަގަވި 4 މީހުން ފައްސިވެފައި ވާ އިރު އެ ފަރާތްތަކާ ގިނަ ބަޔަކު ބައްދަލުވެފައި ވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މިއާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށާއި ފަހުން ފައްސިވެފައިވާ ހަތަރު މީހުންނަކީ ވެސް އެއް ގެއެއްގައި ދިރިއުޅެމުން އައި މީހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އިއްޔެގެ ވަގުތެއްގައި އެ ރަށް މޮނިޓަރިންއަށް ލެވިފައިވާއިރު ރައްކާތެެރިކަމުގެ އެކި ފިޔަވަޅުތަކާއެކު ބާރަށު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި ހަތަރު މީހުންނާއެކު އެރަށުން ފައްސިވި މީހުންގެ އަދަދު 13 އަށް އަރާފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!