Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

ފޮޓޯއިން ތި ފެންނަނީ ނޫޑްލްސް ތައްޓެއް ނޫން! އެއީ ކޯއްޗެއް؟

ފޮޓޯއިން ތި ފެންނަނީ ނޫޑްލްސް ތައްޓެއް ނޫން! އެއީ ކޯއްޗެއް؟

ދުނިޔޭގައި ތަފާތު އެކި ހުނަރުތައް ލިބިފައިވާ މީހުން މަދެއް ނޫނެވެ.

އެއްބަޔަކީ ހެދުން ފަހަން މޮޅު މީހުންނަށްވާއިރު، އަނެއް ބަޔަކު ކެއްކުމަށާއި، ތަފާތު އެކި އުފެއްދުންތައް އުފެއްދުމަށް ވެސް ހުނަރުވެރިއެވެ.

އެފަދަ މޮޅު ހުނަރެއް ލިބިފައިވާ އެކަކީ ލޮސް އެންޖެލެސް އަށް އުފަން މޭރިއަން ސާކީޝިއަން އެވެ. އޭނާ އަކީ ވަރަށް މޮޅަށް ކޭކު އަޅާ މީހެކެވެ.

Advertisement
Allied — Dhen Online (box)

<img class="alignnone wp-image-68194 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210304_092827448-1024x768.jpg" alt="" width="1024" height="768" />

މޭރިއަން ހަދާ ބައެއް ކޭކުތައް ފެންނަ މީހުންނަށް ބައެއް ފަހަރު އެއީ ކޭކެއް ކަމެއް ނުވަތަ އެހެން އެއްޗެއް ކަމާމެދު އޮޅެއެވެ. އެހާވެސް އޭނަގެ ކޭކު ފަރުމާކުރުމުގެ ހުނަރު މޮޅެވެ. މީގެ އިތުރުން އޭނަ އަޅާ ކޭކުތައް ވަރަށް މީރުކަމަށް ވެސް އެތައް ބަޔަކު ބުނެފައިވެއެވެ.

އިންސްޓަގްރާމް ގައި މޭރިއަން ވަނީ އޭނަ އެޅި ވަރަށް ގިނަ ކޭކުތަކުގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އެގޮތުން ދާދި ފަހުން މޭރިއަން ވަނީ އޭނާ އެންމެ ކުރިން އެޅި ކޭކުތަކާއި، މިހާރު އޭނަގެ މަސައްކަތްތަށް ހުރި ގޮތް ވެސް ދައްކާލާފައެވެ. އެގޮތުން މިހާރު މޭރިއަން އަކީ އެމަސައްކަތަށް ވަރަށް ވެސް ހުނަރުވެރި މީހެއްކަން އެފޮޓޯތަކުން ވެސް ހާމަ ވެފައިވެއެވެ.

<img class="alignnone wp-image-68195 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210304_092528317-1024x768.jpg" alt="" width="1024" height="768" />

މޭރިއަން އާއި ބެހޭގޮތުން އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއަކީ އަބަދުވެސް ކޭކު އެޅުމަށް ޝައުޤުވެރިކަން ހުރި މީހެއް ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ އޭނާ ކުރިއަށް ދާން މަސައްކަތް ކުރީ އެހެން ދާއިރާއަކުން ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވި ކޭކު އަޅާ މީހަކަށްވާން. އެހެން ނަމަވެސް ސްކޫލް ދައުރު ނިމުމަށްފަހު އަހަރެން ޑިގްރީ ހެދީ އެހެން ދާއިރާއަކުން ކުރިއަށްދާން. ނަމަވެސް އެމަސައްކަތް ކުރާ ހިތެއް ނުވި. އެހެންވެ ލަންޑަނަށް ގޮސް ކޭކު އެޅުމާ ބެހޭގޮތުން އެކިއެކި ކޯސްތައް ހެދުމަށްފަހު އެނބުރި ޤައުމަށް ދިޔައީ. މިހާރު އަހަރެން މިހުރީ އަހަރެން ކުރަން އެންމެ ބޭނުންވި ވަޒީފާގަ" މޭރިއަން ބުންޏެވެ.

<img class="alignnone wp-image-68196 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210304_092803749-1024x768.jpg" alt="" width="1024" height="768" />

މޭރިއަންގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އަދި އިންސްޓަގްރާމް ގައި 13،000 އަށްވުރެ ގިނަ ފޮލޯވަރުން މޭރިއަންގެ އެބަ ތިއްބެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް