ކޮވިޑް-19: ދިއްދޫގައި ކަރަންޓީނުގައި ތިބި ދެ މީހަކު ފައްސި ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ކޮވިޑް-19 އަށް ފައްސިކަން އެނގިފައިވަނީ މިއަދުއެވެ.
ދިއްދޫން ކޮވިޑް-19 އަށް ފައްސި ވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ދެމީހުންގެ ފުށުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެރަށުން ފައްސި ވެފައިވަނީ ކަރަންޓީނުގައި ތިބި ދެ މީހުން ކަމުގައިވާތީ، އެމީހުންނާ އިތުރު މީހަކާ ކޮންޓެކްޓް ވެފައެއް ނުވެއެވެ.
ރާއްޖޭގައި މިހާތަނަށް 20،144 މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ. އަދި 17،470 މީހުން ބަލިން ރަނގަޅު ވެފައިވާއިރު 63 މީހުން މިހާތަނަށް ރާއްޖޭގައި މިބަލިން ނިޔާވެފައި ވެއެވެ.