Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑރ. ޢިޔާޟް ސަސްޕެންޑެއް ނުކުރަން، ހުރީ ޕޭ ލީވްއެއްގައި: އެމްއެންޔޫ

ޑރ. ޢިޔާޟް ސަސްޕެންޑެއް ނުކުރަން، ހުރީ ޕޭ ލީވްއެއްގައި: އެމްއެންޔޫ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރަރ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ސަސްޕެންޑު ނުކުރާ ކަމަށާއި، އެމަނިކުފާނު ހުންނެވީ ޕޭ ލީވް އެއްގައި ކަމަށް އެޔުނިވާސިޓީން ބުނެފިއެވެ.

ޑރ.ޢިޔާޟް ސަސްޕެންޑު ކޮށްފައިވާ ކަމަށް "ދެން" އަށް މައުލޫމާތު ލިބިގެން ސުވާލު ކުރުމުން، އެމްއެންޔޫ ގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ފުރަތަމަ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ޔުނިވާސިޓީގެ އެޗްއާރް އަށް ގުޅާ، މަޢުލޫމާތު ސާފު ކުރުމަށްފަހު ވަކި ޖަވާބެއް ދެއްވާނެ ކަމަށެވެ.

އޭގެފަހުން ޑރ. ޝަރީފް މެސެޖަކުން "ދެން" އަށް ވިދާޅުވީ، ޑރ. ޢިޔާޟް ހުންނެވީ މުސާރަ ލިބޭގޮތަށް އެޑްމިނިސްޓްރޭޓިވް ލީވެއްގައި ކަމަށް އެމަނިކުފާނަށް އަންގާފައި ވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެމްއެންޔޫ ގެ ބޭފުޅަކު، ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން ބުނީ 14 ދުވަހަށް ސަސްޕެންޑު ކޮށްފައިވާކަން ޑރ. ޢިޔާޟް ވަނީ އެމަނިކުފާނުގެ ދަރިވަރުންނަށް ވެސް އަންގާފައި ކަމަށެވެ.

ނަމަވެސް ޑރ. ޢިޔާޟް ސަސްޕެންޑު ކޮށްފައި ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް