Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަސްޕެންޑު ކުރީ ނަގައިދޭންވާ ކްލާސްތަކެއް އޮއްވާ، މިއީ ދަރިވަރުންނަށްވެސް ލިބުނު ބޮޑު ދެރައެއް: ޑރ. ޢިޔާޟް

ސަސްޕެންޑު ކުރީ ނަގައިދޭންވާ ކްލާސްތަކެއް އޮއްވާ، މިއީ ދަރިވަރުންނަށްވެސް ލިބުނު ބޮޑު ދެރައެއް: ޑރ. ޢިޔާޟް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފު ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 14 ދުވަހުގެ މުއްދަތަކަށް އިއްޔެ ސަސްޕެންޑު ކުރިކަމަށާއި، ޔުނިވާސިޓީއަށް ނުދާން ވެސް އެންގި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމްއެންޔޫ އިން ސަސްޕެންޑު ކުރި ސަބަބު "ދެން" އަށް ކިޔައިދެއްވަމުން ޑރ.ޢިޔާޟް ވިދާޅުވީ ލިޔުމެއް ހަވާލު ކުރަން ޖެހޭކަމަށް ބުނެ އިއްޔެ އެމަނިކުފާނު އެޔުނިވާސިޓީގެ އެޗްއާރް ޑިޕާޓްމަންޓުގެ ހެޑް ކައިރިއަށް ހާޒިރުކުރި ކަމަށާއި މީސް މީޑިއާގައި ޑރ. ޢިޔާޟް ލިޔުއްވާ ބައެއް ލިޔުންތަކާ ގުޅިގެން، އާންމުންގެ ފަރާތުން ބައެއް ޝަކުވާ އައިސްފައިވާތީ 14 ދުވަހަށް އެމަނިކުފާނު ސަސްޕެންޑު ކުރަން ސީނިއާ މެނޭޖްމަންޓުން ނިންމި ކަމަށް ވިދާޅުވި ކަމަށެވެ. "އެއިރު ގާތްގަނޑަކަށް 3:00 ޖެހީ. އަޅުގަނޑު ދެންނެވިން 4:00 ޖަހާއިރު އެބައޮތޭ އަޅުގަނޑުގެ ކްލާހެއް، އެކްލާހަކީ ވަރަށް ގިނަ ރަށްރަށުން ދަރިވަރުން ބައިވެރިވެގެން އޮންލައިންކޮށް އޮންނަ ކްލާހެއް، އަޅުގަނޑު އެހިން އެކްލާސް ވެސް ހަމަ ނުނަގަންވީހޭ. ވިދާޅުވީ އެއްވެސް ކަމެއް ކުރާނެކަމެއް ނެތޭ، ޔުނިވާސިޓީއަށް އައިސްގެން ވެސް ނުވާނޭ. ކާޑު ޖަހާކަށް ވެސް ނުޖެހޭނޭ. އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނޭ. 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ވެފައޭ ތިހުރީ" ޑރ. ޢިޔާޟް ވިދާޅުވިއެވެ. ޑރ. ޢިޔާޟް ވިދާޅުވީ، އެމަނިކުފާނާ ދޭތެރޭ ކޮށްފައިވާ ތުހުމަތުތަކާ ބެހޭގޮތުން ހަތް ދުވަސް ތެރޭގައި ލިޔުމެއް ދެވިދާނެ ކަމަަށް ވެސް އެމްއެންޔޫއިން ބުނި ކަމަށެވެ. "އަޅުގަނޑާ ދޭތެރޭ ބަޔަކު މީހުން ޝަކުވާތަކެއް ކުރި ކަމުގައިވީ ނަމަވެސް އެމައްސަލަ ތަހުގީގު ކުރާކަށް އަޅުގަނޑަކީ އެމްއެންޔޫ ގެ މެނޭޖްމަންޓުގައި އުޅޭ މީހެއް ނޫން. އަދި އެބޭފުޅުން ކުރާ ތަހުގީގަކަށް ނުފޫޒް ފޯރުވޭ ހިސާބެއްގައި ވެސް ހުރި މީހެއް ނޫން. އެހެންވީމަ އަޅުގަނޑު ކޮންމެހެން ސަސްޕެންޑު ކުރާކަށް ނުޖެހޭކަންނޭނގެ އެބޭފުޅުން ތަހުގީގެއް ކުރައްވާކަށެއް" ޑރ. ޢިޔާޟް ވިދާޅުވިއެވެ.
އަޅުގަނޑަކީ ކިޔަވައިދޭ މީހެއް، އަޅުގަނޑު ކިޔަވައިދޭ މީހުންނަށް ކިހާބޮޑު ގެއްލުމެއްތޯ މިއީ؟ ތަޢުލީމީ މުއައްސަސާއަކުން ކަންތައް ކުރަންވާނެ ގޮތަކަށް ނޫން އެބޭފުޅުން ކަންތައް ކުރެއްވީ
މީގެއިތުރުން ޑރ. ޢިޔާޟް ވިދާޅުވީ އެމަނިކުފާނާ ދޭތެރޭ ބަޔަކު ޝަކުވާއެއް ކޮށްފިނަމަ އޭގެ ތެދުދޮގު ފުރަތަމަ ބެލުމަށާއި، އެއަށްފަހު އެމަނިކުފާނު ކުށްވެރިވާކަމަށް ތަހުގީގުން ފެނިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "އެކަމަކު ތަހުގީގު ކުރަން ފަށާފައި، އަަޅުގަނޑަކީ ތަހުގީގަށް ނުފޫޒު ފޯރުވޭ ހިސާބުގެ މީހަކަށް ނުވިއިރުގައި، އަޅުގަނޑު ކިޔަވައިދޭ ކުދިންނަށް ހުރަސް އެޅުން އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް ދެރަވަރުކޮށް އެބޭފުޅުން ކުރިކަމެއް." ޑރ. ޢިޔާޟް ވިދާޅުވިއެވެ. ޑރ. ޢިޔާޟް ވިދާޅުވީ އެމްއެންޔޫގެ މިފިޔަވަޅުގެ ސަބަބުން އެމަނިކުފާނުގެ ދަރިވަރުންގެ ތަޢުލީމާއި ވަގުތަށް ބުރޫއަރައިފި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް