Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ވަޅުލައިފި

ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ވަޅުލައިފި

ސްރީލަންކާގައި ކޮވިޑް-19 މަރުވި މީހެއްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ވަޅުލައިފިއެވެ.

ހުކުރު ދުވަހު މިމީހާގެ ހަށިގަނޑު ވަޅުލާފައި ވަނީ އެގައުމުގެ އިރުމަތީ ޕްރޮވިންސުގައެވެ. މީގެ ކުރިން ބަލި ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އެ ގައުމުން ދިޔައީ އަންދަމުންނެވެ.

ސްރީލަންކާގެ އާމީގެ ކޮމާންޑަރ ޖެނެރަލް ޝަވިންދްރާ ސިލްވާ ވިދާޅުވީ ދެ ހަށިގަނޑެއް ވަޅުލުމުގެ ކަންކަން ހުކުރު ދުވަހު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މިހަށިތައް ވަޅުލާފައި ވަނީ ބަޓިކަލޯގައި ހިމެނޭ ސަރަހައްދެއްގައެވެ.

Advertisement
Allied — Dhen Online (box)

ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން ވަޅުލުމަށް ވަކި ރަށެއް ހަމަޖައްސައިފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ވަޅުލުމުގެ ހުއްދަ ދެވިފައިވަނީ ގަލްޕް އޮފް މަންނާރުގައި ވަކިން އޮންނަ އިރަނަތިވޫ ކިޔާ، ވެރިރަށް ކޮލަމްބޯއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަންދާ މައްސަލަ ފެންމަތިވެފައި ވާއިރު އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ އެ މީހުންގެ ދީނަށް އިހްތިރާމް ކުޑަވާ ގޮތަށް ކުރާ ކަމެއް ކަމަށެވެ.

އަދި މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ ސައެންޓިފިކް ގޮތުން ސާބިތު ކަމެއް ނޫން ކަމަށެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 84،451ށް އަރާއިރު މިބަލީގައި 493 މީހުން ވަނީ އެގައުމުން މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް