Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާޗް 15 އާ ހަމައަށް ފުވައްމުލަކު ސިޓީ މޮނިޓަރިންއަށް

މާޗް 15 އާ ހަމައަށް ފުވައްމުލަކު ސިޓީ މޮނިޓަރިންއަށް

ފުވައްމުލަކު ސިޓީގެ މޮނިޓަރިންގެ ހާލަތު އިތުރު ހަފްތާއަކަށް ދަންމާލަން ނިންމައިފިއެވެ.

ފުވައްމުލަކުގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ފުވައްމުލަކުގެ މޮނިޓަރިންގެ މުއްދަތު މާޗް 15 އާ ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ ކާފިއު މިހާރު ވަނީ އުވާލާފައެވެ. ކާފިއު އުވާލި ނަމަވެސް އެ ރަށުގައި އެޅިފައިވާ އެހެން ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

Advertisement
HDC — Sidebar (box)

ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 51 މީހުންނެވެ. 34 މީހަކު ވަނީ މިބަލިން މިހާރު ރަނގަޅު ވެފައިވާއިރު މިހާރު މިހާރު ކޮވިޑް ޖެހިފައި ތިބީ 17 މީހުންނެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 20،565 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 17،836 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާ ވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް