Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފުށިން ރޭ މެންދަމު ގެއްލުނު އަންހެން ކުއްޖަކު ރެސްޓޯރަންޓެއްގައި ކޮފީ ބޯން އިންދާ ފެނިއްޖެ

މާފުށިން ރޭ މެންދަމު ގެއްލުނު އަންހެން ކުއްޖަކު ރެސްޓޯރަންޓެއްގައި ކޮފީ ބޯން އިންދާ ފެނިއްޖެ

ކ. މާފުށިން ގެއްލިގެން ރޭ މެންދަމު ރިޕޯޓުކުރި އަންހެން ކުއްޖަކު، ރެސްޓޯރަންޓެއްގައި ކޮފީ ބޯން އިންދާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށިން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ މެންދަމު 2:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ގެއްލުނު ކުއްޖާ މިއަދު މެންދުރު 12:25 ހާއިރު މާފުށީ ރެސްޓޯރަންޓެއްގައި އިންދާ ވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 15 އަހަރުގެ އެކުއްޖާ ގެއްލިގެން ކައުންސިލުގެ ފަރާތުން ވެސް ޕޯސްޓެއް ޖެހި ކަމަށާއި، މިއަދު މެންދުރެއްހާއިރު އެކުއްޖާ ފެނުނީ އެރަށު ރެސްޓޯރަންޓެއްގައި ކޮފީއެއް ބޯން އިންދާ ކަމަށެވެ. ކުއްޖާ ގެއްލުނީ ކިހިނެއް ކަމެއް އަދި ރޭއްސުރެ ފެށިގެން އުޅުނު ތަނެއް އަދި އެނގިފައިނުވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް