ޚަބަރު

ކޮވިޑް-19: ބާރަށުން އިތުރު 3 މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހއ. ބާރަށުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ޝަމީމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ފައްސިވީ ތިން މީހުންނަކީ އެރަށުން ނެގި ރޭންޑަމް ސާމްޕަލުން ފައްސި ކަމަށް ދެއްކި ތިން މީހުން ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއަދު އިތުރަށް ފައްސިވީ ތިން މީހުންނާއެކު މިހާރު އެރަށުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 35 އަށް އަރާ ކަމަށެވެ. އަދި 300 އަށްވުރެ ގިނަ ގެ މިހާރު އެރަށުން ކަރަންޓީނަށް ލާފައިވާ ކަމަށް ވެސް ޝަމީމު ވިދާޅުވިއެވެ.

ބާރަށުގައި ކޮވިޑް-19 ފެތުރިގެން ދިޔުމާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.

"ރަށުގެ އާންމު ހާލަތު ވަރަށް ދެރަކޮށް މިދަނީ. އެހެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބައެއް ސާމާނާއެކު މިއަދު ބޯޓު އައިސްފި. އެހެންވީމަ ތަކެތި ވަނީ ލިބިފަ" ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 20،565 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި، 17،836 މީހުން ބަލިން ރަނގަޅު ވެފައިވާއިރު 64 މީހުން މިހާރު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!