Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"މީ މަގޭ ރާއްޖެ" ވެބްސައިޓާއެކު، ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ޙަރަކާތްތައް ރީ-ލޯންޗްކޮށްފި

"މީ މަގޭ ރާއްޖެ" ވެބްސައިޓާއެކު، ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ޙަރަކާތްތައް ރީ-ލޯންޗްކޮށްފި

"މީ މަގޭ ރާއްޖެ" ވެބްސައިޓާއެކު، ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ޙަރަކާތްތައް ރީ-ލޯންޗްކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިން ލޯންޗް ކުރުމުގެ ގޮތުން މިރޭ ބޭއްވި ކުލަގަދަ ޖަލްސާގައި ކެންޕެއިން ޙަރަކާތްތައް ރީ-ލޯންޗްކޮށްފައިވާއިރު ކެމްޕެއިން ޕްރޮމޯޝަނަލް ވީޑިއޯވެސް ދައްކާލާފައިވެއެވެ.

މީ މަގޭ ރާއްޖެ ، މަގޭ ވޯޓު ރުކަށް، މި މޮޓޯގެ ދަށުން ކެނޑިޑޭޓުން ވާދަ ކޮށްފައިވަނީ މުހިންމު 5 ތަސައްވުރަކާ އެކުގައެވެ. މި ޖަލްސާގައި އިންތިހާބަށް ވާދަ ކުރާ ބައެއް ކެނޑިޑޭޓުން ރައްޔިތުންނާ މުހާތަބު ކޮށްފައި ވެއެވެ. އަދި ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު ވާހަކަތައް ހިއްސާކުރެވިގެން ދިޔައެވެ.

Advertisement
HDC — Sidebar (box)

ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވާ އެކި ކެންޑިޑޭޓުންގެ އިތުރުން މާލެސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުޢިއްޒުވެސް ރައްޔިތުންނާ މުޙާތަބު ކުރެއްވިއެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ އޭޕްރީލް 4، 2020 ގައެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތަށް ރިޔާޔަތްކޮށް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް