ޚަބަރު

ޝިމާ ދަތުރުކުރި ޑިންގީ ކަމަށް ބެލެވޭ ޑިންގީ އެއް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

22 ފެބްރުވަރީ 2019 ވީ ހުކުރު ދުވަހުގެ ރޭ ލ.ކައްދޫ އިން ލ.މާމެންދުއަށް ދަތުރުކުރި ޑިންގީ އެއް ބަންޑުން ޖަހާލައި ދިމާވި ހިތާމަވެރި ހާދިސާގައި ގެއްލުނު ޝިމާ ދަތުރުކުރި ޑިންގީ ކަމަށް ބެލެވޭ ޑިންގީ އެއް ފެނިއްޖެއެވެ.

Ads by MWSC

މި ޑިންގީ ފެނިފައިވަނީ ފޮނަދޫ ކައިރިން ބޭރުން، ފަރަކަށް ފީނަން ގޮސް އުޅުނު ބަޔަކަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކަން އިތުރަށް ތަހުގީގު ކުރުމަށް ޓަކައި ޑިންގީ ފެނުނު ސަރަހައްދަށް ގޮސް ،ފީނުމަށް ސަލާމަތީ އިދާރާތަކުގެ ޑައިވަރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މީގެ އަހަރެއް ކުރިން މި ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު އިރު މި ޑިންގީގައި ދަތުރު ކުރަމުން ދިޔައީ ދެ މީހުންނެވެ. އެ ޑިންގީ ބަންޑުން ޖަހައިލީ މާމެންދޫއަށް ދަތުރު ކުރާ ރޫޓުގައި އޮންނަ މީގެ ކުރިން މީހުން ދިރިއުޅެފައިވާ ،ގާދޫ އާއި އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ލާމު ކައިރި އަށެވެ.

މިހާދިސާގައި އޭރު އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވާއިރު އެކުގައި ދަތުރު ކުރި އިބްރާހިމް ފަޒީލް، 24 ސަލާމަތް ވެފައިވަނީ ފަތާފައި ކައިރީގައި އޮތް ސިކްސް ސެންސް ރިސޯޓަށް އެރުމުންނެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ކުރި ތަހުގީގުގައި ފުލުހުން ބުނެފައިވަނީ ޝިމާ ގެއްލިފައިވަނީ ވަކި މީހަކު ހިންގި އަމަލަކުން ކަން ބުނަން ދަތި ކަމަށާއި ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާކަމަށް ތަހުގީގުން ފެންނަން ނެތް ކަމަށެވެ.

ޝިމާ ހޯދުމަށް ފުލުހުން އެތައް ބަޔަކާ ސުވާލުކޮށް މައްސަލަ ތަހުގީގު ކޮށްފައިވެއެވެ. އަދި 10 މޭލު ވައިގެ މަގުން ބަލައި 5 ޑައިވް ކުރިއެވެ. އެގޮތުން 1900 އަކަ ކިލޯމީޓަރު ބެލިކަމަށް ވެއެވެ. އަދި 17 ރަށް ބަލައި ޗެކު ކުރި ކަމަށާއި 9 ސީސީޓީވީ ފޫޓޭޖް ބެލި ކަމަށް މައުލޫމާތު ލިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!