Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކައުންސިލް އިންތިޚާބުގައި ވޯޓް ދޭންވާނީ ބަރާބަރަށް ނަމާދު ގާއިމް ކުރާ މީހަކަށް:ޢިޔާޟް

ކައުންސިލް އިންތިޚާބުގައި ވޯޓް ދޭންވާނީ ބަރާބަރަށް ނަމާދު ގާއިމް ކުރާ މީހަކަށް:ޢިޔާޟް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓް ދެއްވާ ފަރާތަކީ ބަރާބަރަށް ނަމާދު ގާއިމް ކުރައްވާ ފަރާތަކެއްކަން ޔަގީން ކުރެއްވުމަށް ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ސަސްޕެންޑްކޮށްފައި ހުރި ފަޟީލަތުއްޝައިޚް ޑރ.ޢިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޢިޔާޟް ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ﷲއަށް އަދާ ކުރަންޖެހޭ ޙައްގު އަދާ ނުކުރާ މީހަކު މީސްތަކުންގެ ހައްގެއްވެސް އަދައެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ މީހުން މިސްކިތަށް ވަންނާނީ "ޓޭޕް ދަމަން" އެކަނި ކަމަށް ޢިޔާޟް ވިދާޅުވެފައި ވެއެވެ.

https://twitter.com/dr_iyaz/status/1368361426075619331?s=21

Advertisement
Ooredoo — Square (box)

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އަދާލަތު ޕާޓީގެ މެމްބަރު ޑރ.ޢިޔާޟް މިފަދަ ފުރިހަމަ އިރުޝާދެއް ދެއްވިއިރު އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު ރައީސްކަމަށް ވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭންގައި މިފަދަ އިރުޝާދެއް ދެއްވާފައެއް ނުވާކަން ފާހަގަ ކޮށްލެވެއެވެ. އޭރު ޝައިޚް އިލްޔާސް ފާހަގަ ކުރެއްވީ ރައީސް ސާލިޙަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެންނެވިފަދަ ވެރިއެއްގެ ގޮތުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް