Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބާޒާރުމަތީގެ ގިނަ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފި

ބާޒާރުމަތީގެ ގިނަ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފި
ބާޒާރު މަތީގެ ގިނަ އަދަދެއްގެ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ ބާޒާރުމަތީގެ ގިނަ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:30ގައި ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބާޒާރުމަތީ ފިހާރައިން ވައްކަން ކުރަން ވަދެފައި ވަނީ އެތަނުން އެއް ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެންނެވެ. އަދި ފަޅާލާފައި ވަނީ ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައި ހުންނަ ފިހާރަ ބަރީގެ ފަސް ފިހާރައެވެ.

މި މައްސަލައިގައި އިތުރު ކަންކަން ބެލުމަށް ފުލުހުން މިހާރު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement
Ooredoo — Truecaller (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް