Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ބިދޭސީ މީހާ ނިޔާވެއްޖެ

މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ބިދޭސީ މީހާ ނިޔާވެއްޖެ

އެން ދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއަކު މާރާމާރީއެއް ހިންގައި، އޭގެ ތެރެއިން ތޫނު އެއްޗަކުން ޒަޚަމް ކޮށްލި އެކަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެން ދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ މައްސަލައެއް ރޭ 3:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ޒަޚަމްވި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކަމަށާއި، އެމީހާ މިއަދު 11:59 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ދެ ބިދޭސީންގެ މެދުގައި ހިނގި މި މާރާމާރީ އާއި ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް