Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

ފުވައްމުލަކު ސިޓީން ރޭ ފަތިހު މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ޑިންގީގެ ވެރިފަރާތަށް ޑިންގީއާ ފޯނުން ގުޅިފައިވާ ކަމަށާއި އެ ޑިންގީ މިހާރު ފުވައްމުލަކަށް ދަތުރު ކުރަމުން އަންނަ ކަމަށް އެފަރާތުން މައުލޫމާތު ދިން ކަމަށެވެ.

ގެއްލުނު ޑިންގީގެ ހަބަރެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، އެމްއެންޑީއެފްގެ ހެލިކޮޕްޓާ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންޗުގެ އިތުރުން ސީ އެމްބިއުލޭންސް، މި ޑިންގީ ހޯދުމުގެ މަސައްކަތުގައި ބޭނުން ކޮށްފައި ވެއެވެ.

Advertisement
Ooredoo — Square (box)

ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް މި ޑިންގީގެ ހަބަރެއް ނުވެގެން މަހަށް ދިޔަ މީހެއްގެ އާއިލާގެ ފަރާތުން އެކަން އަންގާފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު އެވެ.

ގެއްލުނު ޑިންގީ ފެނުން ނަމަވެސް އޭގައި ތިބި މީހުންގެ އަދަދު އަދި ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް