ލައިފްސްޓައިލް

ދުވަހަކުވެސް ވަކި ނުވާނެ ކަމަށް ބުނެ ވައުދާއި އަހުދު ކުރި ލޯބިވެރިޔާ މިއަދު ކޮބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުރާވަރަށް އެޅުމުން ލޯބިވެރިން ހޯދުމަކީ މިއަދު އަހަރެމެންގެ މުޖުތަމައުގައި އާންމުވެފައިވާ ކަމެކެވެ. އަދި މިކަމަކީ މިއަދު އަހަރެމެންނަށް އައު ކަމަކަށް ނުވެއެވެ. ސާނަވީ ގްރޭޑް ތަކުގައި އުޅޭ ކުދިން ވެސް މިހާރު ފެންނަނީ ލޯބިވެރިން ހޯދާ މަންޒަރެވެ. އެކުގައި އަތު ގުޅާލައިގެން ހަވީރު ފިންޏަށް ހިނގަން ނުކުމެ އުޅޭ މަންޒަރެވެ. ރެސްޓޯރެންޓުތަކަށް "ޑޭޓް" ތަކަށް ދާ މަންޒަރެވެ.

Ads by MWSC

އެންމެ ފުރަތަމަ ރައްޓެހިވާ މީހާއާއެކު ޒަވާޖީ ހަޔާތެއް ފެށެނީ މަދު ބަޔަކަށެވެ. ގިނަ ފަހަރަށް ކޮންމެ މީހަކަށް ވެސް ކައިވެންޏަކާ ހަމައަށް ދެވެނީ ތިން ހަތަރު މީހުންނާ ރައްޓެހިވާ ފަހުންނެވެ. ބައެއް ފަހަރަށް އެއަށްވުރެ ގިނަ މީހުންނާ ވެސް ރައްޓެހިވެވޭ ފަހުންނެވެ. ފުރަތަމަ ރައްޓެހިވާ ލޯބިވެރިޔާއާ އެކު މުޅި ދިރިއުޅުން ހޭދަ ކުރެވެނީ މަދުބަޔަކަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކޮންމެއަކަސް، ރައްޓެހިވެގެން އުޅޭއިރު ގިނަ ފަހަރަށް ކޮންމެ މީހަކު ވެސް އުޅެނީ ލޯބިންނެވެ. އުޑުމަތީގައިވާ ތަރިތަކާއި ހަނދު ވެސް އެމީހަކަށް ވެދުން ކުރާ ހިސާބުގައެވެ. ލޯބީގެ ބަގީޗާގައި އެތައް މަލެއް ފޮޅުވާ ދުވަހަކުވެސް ވަކިނުވާން އެތައް ހާސް ވައުދުތަކެއް ވެއެވެ. އެކުގައި މުސްތަގުބަލު އާރާސްތު ކުރާނީ ކިހިނެއްތޯ ރާވައި، "ފިއުޗަރ ޕްލޭންސް" ވެސް ހަދައެވެ. ކައިވެނީގެ ހަފްލާގައި ކަންތައްތައް ވާނީ ކިހިނެއްތޯ އާއި އަދި އޭގެ ފަހުން މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރާނީ ކޮންތާކު ތޯ ވެސް ނިންމާ ހަދައެވެ.

އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ދެމީހުން ފެންނާނީ އެކަކު އަނެކަކަށް ނަފްރަތު ކުރާ މަންޒަރެވެ. ދެމީހުންގެ ދެމެދުގައި ކުރި ވައުދުތަކާއި އަހުދުތަކުގެ އެއްވެސް އަގެއް ނެތި ކޮންމެވެސް އެކަކު، ދެމީހުން އެކުގައި ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާ ހަމަކޮށްލާ މަންޒަރެވެ.

ސުވާލަކީ ތިބާގެ ގާތުގައި އުމުރު ދުވަހުވެސް އެކުގައި އުޅެން ވައުުދުތަކާއި އަހުދުތައްވި ލޯބިވެރިޔާ މިއަދު ކޮބައި ހެއްޔެވެ. އެ ލޯބިވެރިޔާއަށް މިއަދު ތިބާގެ އެއްވެސް އަގެއް ނެތުނީ ހެއްޔެވެ. އެ ވައުދުތަކާއި އަހުދުތަކުގައި ކޮޅުފައިން ޖެހީ ތިބާ ވާނެ ދެރައަކާ މެދު ވެސް ވިސްނާ ނުލާ ހެއްޔެވެ.

ވަކި މީހަކު ނުލިބިގެން ދިރިއުޅުމުގައި މާޔޫސް ވާނެ ކަމެއް ނެތެވެ. ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. ތިބާ ދެކެ ހަގީގީ ލޯބިވާ މީހަކު ދުވަހަކު ވެސް ތިބާ ދޫކޮށްފައި ނުދާނެ ކަން ކަށަވަރެވެ. ތިބާ އުފާކޮށްދީ ތިބާއާއެކު ޒަވާޖީ ހަޔާތެއް ފަށައި މުޅި އުމުރު ދުވަސް ހޭދަ ކުރާނެ ކަން ޔަގީނެވެ.

  1. ލޯބިވެރިޔާ

    ލޯބިވެރިޔާ ދޯކާދީފަ ހިގައްޖެ، އުންމީދު ކުރި ކަހަލަ ލޯބިވެރި އަކަށް ނުވި،