ޚަބަރު

ޔުނިވާސިޓީގެ ޤަދަރާއި ކަރާމާތް ގެއްލޭފަދަ ކަމެއް ނުކުރަން: ޑރ. ޢިޔާޟް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޤަދަރާއި ކަރާމާތް ގެއްލޭފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްއެންޔޫގެ ޑިރެކްޓަރ އަހުމަދު މިރްޝާން އަށް އެޑްރެސްކޮށް ޑރ. އިޔާޟް ފޮނުވި ސިޓީގައި، އެޔުނިވާސިޓީން އެމަނިކުފާނަށް ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އިންކާރު ކޮށްފައިވެއެވެ.

ޑރ. ޢިޔާޟް ވިދާޅުވީ އެމްއެންޔޫ ގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު ގެ އެދިލެއްވުމަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ބައްދަލު ކުރެއްވި ކަމަށާއި އެބައްދަލު ވުމުގައި ތިއްބެވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސްޗާންސެލަރ އަލްފާޟިލް ހުސައިން ހަލީމާއި އޭނާ މަސައްކަތް ކުރާ ކުއްލިއްޔާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ ގޮތުގައި އެއިރު ހުންނެވި އައްޝައިހު އަލީ ޒާހިރު ކަމަށެވެ.

"އަޅުގަނޑު ގާތު ވިދާޅުވީ، ބައްދަލުކޮށްލި ސަބަބަބީ އަޅުގަނޑު ކުރި ޓުވީޓަކާއި ގުޅިގެން ކަންތައްތަކެއް އަލުގަނޑަށް އޮޅުން އަރާފައިވާކަން އެބޭފުޅުންނަށް އިހްސާސް ކުރެވޭތީ އެކަމުގެ ހަގީގަތް ބަޔާން ކުރެއްވުމަށް ކަމަށް. ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ދެފަރާތުން ވާހަކަތައް ދެކެވުނު ހިދުގައިވެސް އަޅުގަނޑުގެ ޓުވިޓަ ހޭންޑްލް ވަކި ގޮތަކަށް ބަދަލު ކުރުމަށް ވިދާޅުވެ ނުވަތަ އަންގާފައެއް ނުވޭ. އެދުވަހުގެ ބައްދަލުވުން ނިންމާލެއްވުމުން އަޅުގަނޑު އެމަޖިލީހުން ނިކުންނަނިކޮށް ފައިލްއަށް ކޮންމެވެސް އެއްޗެއް ލާނަން އިނގޭޔޭ ވައިސް ޗާންސެލަރ ވިދާޅުވިއެވެ" ޑރ. ޢިޔާޟް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނުދަންނަ ނަންބަރަކުން ގުޅާފައި އެމްއެންޔޫގެ ލިޔުމެއް ހަވާލު ކުރަން ބުނެ ގުޅި ކަމަށާއި އެވަގުތު މާލެއިން ބޭރުގައި ހުރުމުން މެއިލް ކުރުމަށް އެދުނު ކަމަށް ވެސް ޑރ. ޢިޔާޟް ވިދާޅުވެފައި ވެއެވެ.

ނަމަވެސް ޔުނިވާސިޓީން ބުނީ ޑރ. ޢިޔާޟްގެ އަތަށް އެ ލިޔުން ނުދެވިއްޖެނަމަ، އޭނާގެ (މުސްކުޅި) ބައްޕަގެ އަތަށް ލިޔުން ހަވާލު ކުރާނެ ކަމަށް ވެސް ޑރ. ޢިޔާޟް ވިދުވިއެވެ.

އޭގެ ފަހުން ބައްޕައަށް އުނދަގޫ ނުކުރުމަށާއި މާދަމާގެ ވަގުތެއްގައި މާލެ ގޮސް ލިޔުމާއި ހަވާލުވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މެއިލް މެދުވެރިކޮށް ލިޔުން ލިބިލެއްވި ކަމަށް ޑރ. ޢިޔާޟް ވިދާޅުވިއެވެ.

"އޭގައި އޮތީ އަޅުގަނޑު ކުރާ ކޮންމެ ޓުވީޓަކީ އަމިއްލަ ހައިސިއްޔަތުން ކުރާ އެއްޗެއްކަން އެނގޭނެ ފަދަ ގޮތަކަށް އޮންނަންވާނެ ކަމަށާއި މިކަމަށް 2020 އޮކްޓޯބަރ 20 ގައި ވެސް ވާނީ ދެންނެވިފައި ކަމަށެވެ." ސިޓީގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!