Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙު، ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ޞާލިޙު، ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

މިހަފްތާގެ ބުދަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭނު ޖަގަހައިން ނިކުމެ ވަޑައިގަންނަވާ، އެތަނުގައި ތިބި ބައެއް ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަޙުމަދު އަޒާން، ރައީސް ނުކުމެވަޑައިގެންނެވި ވަގުތު އެމަނިކުފާނު އަރިހަށް ގޮސް ސުވާލު ކުރެއްވީ، ނޫސްވެރިންނާ ރައީސް ޞާލިޙު ބައްދަލު ނުކުރައްވާތާ ވަރަށް ގިނަ ދުވަސްވުމުން ބައްދަލު ކުރައްވާނީ ކޮން ދުވަހަކުތޯ އެވެ.

Advertisement
Ooredoo — Truecaller (box)

"މިހަފްތާގައި އިރާދަކުރެއްވިއްޔާ ބައްދަލު ކުރާނަން. ބުދަ ދުވަހު ބައްދަލު ކުރާނަން. ތައްޔާރު ވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ބައްދަލު ކުރާނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

https://twitter.com/axanner/status/1368614209261498374?s=20

 

ރައީސްއާ ބައްދަލު ކުރައްވަން މިރޭ އެ ޖަލްސާ ނިމޭ ގަޑިއަށް ދިޔައީ "ދިޔަރެސް" އިން އަޒާން އާއި ނާހިލް ގެ އިތުރުން "ދިވެހި ޗެނަލުން" ޝިއުނާ، "ވޮއިސް" އިން ޝަފްރާޒް އަދި "ޗެނަލް 13" އިން ލަހުފާ އާއި އެ ޗެނަލުގެ ކެމެރާމަން ޝަހީމް އެވެ.

<img class="alignnone wp-image-69081 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/IMG_20210307_233637_918-1024x576.jpg" alt="" width="1024" height="576" />

ރައީސް ޞާލިޙް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް