Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނަށް 1000 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނަށް 1000 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ 770 ލޯނަށް 1176 ދަރިވަރުން ކުރިމަތިލައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޕްލިކޭޝަންތައް މިނިސްޓްރީގެ މުވައްޒިފުން ވަޒަން ކުރާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ.

"މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި 1176 ފަރާތުގެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަން ކުރާނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު،  ގެޒެޓް ކުރެވިފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތިއެވެ!" ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/DrChubby/status/1368856700745310209?s=20

މިފަހަރުގެ ސުޓޫޑަންޓް ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ޖާގަ ހަމަޖައްސާފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން، ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ސްޓޫޑަންޓް ލޯނު ސްކީމުން މި ފަހަރު ލިބޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ލޯނު ފުރުސަތުގެ ތަކުގެ ތެރޭގައި ޕައިލެޓްކަމާއި، އެމްބީބީއެސް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް