ލުއި ޚަބަރު

950 އަށް ވުރެ ގިނަ ކުދިން ސަލާމަތްކޮށްދިން މި އޮފިސަރަށް ސެލިއުޓް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާ / މުމްބާއި: ރޭކާ މިޝްރާ ނަމަކަށް ކިޔާ މި އަންހެން ފުލުހަކީ ވަރަށް ވެސް ހިތްވަރު ގަދަ އަދި ނަމޫނާ އަންހެނެކެވެ. އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާ ކުރުމަށް ފަހު ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދައިފައިވާ ކަނބަލެކެވެ،

Ads by STELCO

ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ރޭކާ ބުނީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އެކި ކަހަލަ ހާދިސާތަކުން 950 އަށް ވުރެ ގިނަ ކުޑަކުދިން ސަލާމަތް ކުރެވިފައިވާނޭ ކަމަށާއި އެކަމާ އޭނާ އުފާވެ އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން ކުޑަކުދިން ސަލާމަތް ކޮށްފައި ވާނީ ކުދިން ރަހީނު ކޮށްގެން ގެންދާ ކުދިން ކަމަށާއި އޭނާ މަސައްކަތް ކުރަނީ ރޭލު ސްޓޭޝަނެއްގައި ކަމުން އެންމެ ގިނައީ ކުދިން ގޮވައިގެން ރޭލުން ފިލަން މަސައްކަތް ކުރާ މީހުން ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

މީގެ ތެރެއިން ހާދިސާއެއް އޭނާ ވަނީ މީޑިއާއަށް ހިއްސާ ކޮށްފައެވެ. އެގޮތުން އެއްދުވަހު 15 އަހަރުގެ ކުޑަ އަންހެން ކުއްޖެއް އަތުގައި ހިފައިގެން ގަދަކަމުން ރޭލަށް އަރުވަން އުޅުނު 45 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރި ގޮތް އޭނާ ވަނީ ކިޔައިދީފައެވެ. އޭނާ ބުނީ ރޭލަށް އަރަން އުޅުނު ވަގުތު އެ އަންހެން ކުއްޖާގެ އަތުގައި ހިފާ ދަމައިގަތީ ކަމަށާއި، އެވަގުތު އޭނާ ޓީމުގައި މަސައްކަތް ކުރާ އެހެން މީހުން އެ ފިރިހެން މީހާ ވަށާލާ ހައްޔަރު ކުރީ ކަމަށެވެ. އަދި އެ ކުއްޖާ ވަރަށް ބާރަށް ރުއި ކަމަށާއި އެކުއްޖާއަށް ވަނީ ޖިންސީ ގޮތުން އެތައް ގޯނާއެއް ކޮށްފައި ކަމަށާއި 45 އަހަރުގެ އެ ފިރިހެން މީހާ ބޭނުންވީ އެ އަންހެން ކުއްޖާއާ ގަދަކަމުން ކައިވެނި ކުރަން ކަމުގައި ވެސް ރޭކާ ބުންޏެވެ.

ރޭކާ ވަނީ މިފަދަ އެތައް ހާދިސާތަކަކާ ކުރިމަތިލާ އޭނާއަށް ކެރޭކަން ސާބިތުކޮށްދީފައެވެ.

Ads by HDC
  1. ހަނާ

    ނޮބެލް ސުލްހައިގެ އިމާމް އަރުވަން ފެންނަނީ