Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަލީޙް ޕީޕީއެމްގެ ޖަލްސާއެއްގައި ، އިދިކޮޅާ ގުޅުނީތަ؟

މަލީޙް ޕީޕީއެމްގެ ޖަލްސާއެއްގައި ،  އިދިކޮޅާ ގުޅުނީތަ؟

ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގައި މިއަދު ބައިވެރިވެ ވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި މަލީޙް ހާޒިރުވެ ވަޑައިގެންފައި ވަނީ އިދިކޮޅުގެ ފަރާތުން މިއަދު ބޭއްވި، ފުވައްމުލަކު ޕީޕީއެމް ކެމްޕޭނު ޖަގަހަ ހުޅުވުމުގެ ޖަލްސާގައެވެ.

"އަފުންގެ ސިޓީ" ނަމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި، ޕީޕީއެމްގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް މިއަދު ޖަގަހައެއް ހުޅުވާފައިވާއިރު، އެރަސްމިއްޔާތުގައި މަލީޙް ވެސް ބައިވެރިވެ ވަޑައިގެން އިންނެވި ފޮޓޯއެއް މިހާރު ވަނީ އާންމު ވެފައެވެ.

Advertisement
Allied — Dhen Online (box)

މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ފުވައްމުލަކުގެ ވަރަށް ގިނަ ޒުވާނުންތަކެއްގެ އެދިލެއްވުމެއްގެ މައްޗަށް ކަމަށް "ދެން" އަށް މައުލޫމާތު ދެއްވަމުން މަލީޙް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ފުވައްމުލަކު މީހަކަށްވެފައި، ފުވައްމުލަކު ޒުވާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ މީހަކަށް ވެސް ވާތީ، ފުވައްމުލަކު ޒުވާނުންތަކެއް އެދިލެއްވީ އެ ޖަލްސާގައި ބައިވެރިވެލަން" މަލީޙް ވިދާޅުވިއެވެ.

އިދިކޮޅުގެ ފަރާތުން އިންތިޒާމު ކުރި ޖަލްސާއެއްގައި މަލީޙް ބައިވެރިވުމުން، އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވަން ޚިޔާލު ކުރައްވަނީތޯ ސުވާލު ކުރުމުން މަލީޙް ވިދާޅުވީ އަދި ހުންނެވީ ޖުމްހޫރީ ޕާޓީގައި ކަމަށެވެ.

"އަޅުގަނޑަކީ ޖުމްހޫރީ ޕާޓީގެ މީހެއް. އެގޮތުގައި އަދި އަޅުގަނޑު މިހުރީ. ޖަލްސާގައި ބައިވެރިވީ ފުވައްމުލަކު ޒުވާނުންގެ އެދުމުގެ މަތިން" މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރު ކަމުގެ މަޤާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހުން ފެށިގެން މަލީޙު ދަނީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފާހަގަ ކުރެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް