ބަރުލަމާނީ ނިޒާމެއް ގެނެސް ، ވަޒީރުކަން ދެއްވާނެ ބޭފުޅުންގެ ލިސްޓެއް ގެންގުޅުއްވާ ކަމުގެ ތުހުމަތު!

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވަމުން ގެންދަވާ ރައީސް މުޙައްމަދު ނަޝީދު އެކަމުގެ ހުވަފެންތައް މަޖިލިސް މެމްބަރުންނަށް ދައްކަވައިގެން އުޅުއްވާ ކަމަށް ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ތުހުމަތު ކުރައްވައިފިއެވެ.
ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރެއްވި ނަމަވެސް މަލީޙް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނެވިއްޖެނަމަ ވަޒީރުކަންދޭ ލިސްޓެއް ވެސް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
"ބަރުލަމާނީ ނިޒާމް ގެނެވއިްޖެނަމަ ވަޒީރުކަން ދޭ ލިސްޓްގައި ތިބި މަޖިލިސް މެމްބަރުން މިޒާތުގެ ވާހަކަ ދައްކާތާ ދުވަސްކޮލެއް ވެއްޖެ، އަވާ މެންދުރު އެވެރިންނަށް ދައްކައިގެން މުޅި ސަރުކާރު ބަލިކަށިވެ އިތުބާރު ގެއްލުމުން އެދަނީ ، ގަރުނުގެ ބޮޑު ޖޯކް" ޖެންޑަރ މިނިސްޓަރާ މެދު ވެސް އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އޮތް ކަމަށް ހާމަކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން މަލީޙް ވިދާޅުވިއެވެ.
https://twitter.com/maleehjamal/status/1368940315709632520?s=21
މަލީޙްގެ ޓްވީޓްގައި ވަކި ބޭފުޅެއްގެ ނަން ނެތް ނަމަވެސް ، ބަރުލަމާނީ ނިޒާމް ގެނައުމަށް ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު ކަމަށް ވުމައެކު އެ ވާހަކަތައް ރައްދު ވަނީ އެމަނިކުފާނަށް ކަމަށް ބެލެވެއެވެ.







ކޮމެންޓް