ލުއި ޚަބަރު

މި މީހާއަށް އޮޅުމަކުން އަމިއްލަ ފަޔަށް ބަޑި ޖެހުމުން ދެން ހެދީ ވަރަށް ތަފާތު ގޮތެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާ / ދިއްލީ: އުމުރުން 30 އަހަރުގެ ސުޖީތު ކުމާރު ނަމަކަށް ކިޔާ މީހަކު އަމިއްލަ ފަޔަށް އޮޅުމަކުން ބަޑިޖެހުމަށް ފަހު ހާދިސާ ހިނގާ ދިޔަ ގޮތް އެއްކޮށް ބަދަލު ކޮށްލީ ވާހަކައެއް އަމިއްލައަށް ހަދައިގެންނެވެ.

Ads by MWSC

ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބޭ ގޮތުގައި ސުޖީތު ޕާކެއްގައި ސިނގިރޭޓެއް ބޯން ހުއްޓާ ދެމީހަކު ސައިކަލުގައި އައިސް އޭނާއާ ޒުވާބު ކުރަން ފެށުމުން އޭނާ ބަޑި ނަގަން އުޅުމުގެ ތެރޭގައި އަމިއްލަ ފަޔަށް ބަޑި ޖެހުނީއެވެ. އެހެން ނަމަވެސް އޭނާ ވަނީ ބަޑިޖެހީ ސައިކަލުން އައި ދެމީހުން ކަމުގައި ބުނެ މުޅި ހާދިސާ އެއްކޮށް ބަދަލު ކޮށްލާފައެވެ.

އޭނާ އެވާހަކަ ބަދަލުކޮށް ދޮގު ހެދިކަން ސާބިތު ކޮށްދިނީ ދިއްލީ ފުލުހުންނެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށް އޭނާއަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ. އެހެންނަމަވެސް ފަރުވާ ދިނުމުގެ ގޮތުން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ކަމުގައި ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ސުޖީތުގެ އަނތްބަކާއި ދިހަ އަހަރުގެ ފިރިހެން ދަރިއެއް ވެސް ހުރެއެވެ. މީނާ މިހެން ކަންތައް ކުރީ އަމިއްލަ ސަލާމަތަށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!