Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގިނަ ދުވަސްތަކަކަށްފަހު ރައީސް ޞާލިޙް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ގިނަ ދުވަސްތަކަކަށްފަހު ރައީސް ޞާލިޙް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސަވައިފިއެވެ.

އެގޮތުން ރައީސް ޞާލިޙް މިއަދު ހަވީރު 4:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު ރައީސް ޞާލިޙް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށާއި ޓީވީ ތަކުން އެބައްދަލުވުން ލައިވް ކުރާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ރައީސް ޞާލިޙް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި ވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވާތާ ގިނަ ދުވަސްވުމުން މިމަހުގެ 7ވަނަ ދުވަހުގެ ރޭ ނޫސްވެރިންތަކެއް ވަނީ ރައީސް ޞާލިޙް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭނު ޖަލްސާ ނިންމަވާލައްވާ، ވަޑައިގަންނަވަނިކޮށް މަގުމަތިން އެމަނިކުފާނާ ސުވާލު ކޮށްފައެވެ. އެރޭ ރައީސް ޞާލިޙް ވިދާޅުވީ ތައްޔާރީތައް ވުމަށް ފަހު ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް