Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެއްލުނު މަސްދޯނި ފެނިއްޖެ

ގެއްލުނު މަސްދޯނި ފެނިއްޖެ

އައްޑޫ ސިޓީއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލިގެން ރޭގައި ރިޕޯޓު ކުރި މަސްދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ "ވީނަ" ނަމަކަށް ކިޔައި އެ މަސްދޯނި ހޯދުމަށް ވައިގެ މަގުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ކުރި މަސައްކަތުން އެ ދޯނި ފެނިފައިވާ ކަމަށެވެ.

ގެއްލުނު މަސްދޯނި ފެނިފައި ވަނީ އައްޑޫސިޓީގެ ހުޅަނގުން 40 ނޯޓިކަލްމޭލު ބޭރުން، މިއަދު ހެނދުނު 9:58 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement
Allied — Dhen Online (box)

"ވީނަ" މަސްދޯނި ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ 8:15 ހާއިރެވެ. އެ ދޯނި ހޯދުމަށް ދޯނީގެ ވެރިފަރާތުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮން ލޯންޗު ހުއްޓުމެއް ނެތި ހަރަކާތްތެރި ވަމުން ދިޔަކަން އެމްއެންޑީއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް