Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

އަމިއްލަ އެއްޗެއްކަން ކަން ސާބިތު ކޮށްދިނުމަށް ގެރިއެއްގެ ޑީއެންއޭ ޓެސްޓު ހަދަން އެދެފި

އަމިއްލަ އެއްޗެއްކަން ކަން ސާބިތު ކޮށްދިނުމަށް ގެރިއެއްގެ ޑީއެންއޭ ޓެސްޓު ހަދަން އެދެފި

އިންޑިއާގެ އުއްތަރު ޕަރުދޭޝްގައި އުޅޭ މީހަކު ގެރިއެއްގެ ޑީއެންއޭ ޓެސްޓު ހަދައި، އެ ގެރިއަކީ އޭނާގެ އެއްޗެއްކަން ސާބިތުކޮށްދިނުމަށް އެދިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ހަމަސް ކުރިން އޭނާ ވަނީ އޭނަގެ ގެރިއެއް ގެއްލިގެން އިންޑިއާ ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން އެމައްސަލަ ބަލައިނުގަންނަ ކަމަށާއި އެ މައްސަލަ ބަލައި ނުގަތީ ފުލުހުން މައްސަލަ ބަލައިގަތުމުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަށް ނުފެތުމުން ކަމުގައި ފުލުހުން ބުނި ކަމަށް އެމީހާއާ ހަވާލާދީ މީޑިއާތަކުން މައުލޫމާތު ދީފައި ވެއެވެ.

އެހެންކަމުން ގެއްލިގެން އުޅުނު ގެރި ހޯދުމަށް އޭނާ އަމިއްލައަށް މަސައްކަޔް ފެށީ ކަމަށާއި އެންމެ ފަހުން އޭނާއަށް އޭނާގެ ގެރި ފެނުމުން އެއީ އޭނާގެ ގެރިކަން ސާބިތުކުރުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް އޭނާ ވަނީ އެދިފައެވެ. ޑީއެންއޭ ހެދުމަށް އޭނާ އެދުނު ސަބަބަކީ އެގޭގައި މިހާރު ގެންގުޅޭ ގެރިއަކީ ގެއްލިގެން ހޯދާ ގެރީގެ ދަރިއެއް ކަމަށް ވާތީ ކަމުގައި ވެސް މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ގެރި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމުން ގެރި ހޯދައިދިނުމަށް ، ކުޑަމިނުން މައްސަލަ ބަލައިގަނެފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް