Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެޗްޕީއޭގެ އުސޫލާ ހިލާފަށް ވ. އަންބަރާ އަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި

އެޗްޕީއޭގެ އުސޫލާ ހިލާފަށް ވ. އަންބަރާ އަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާ ހިލާފަށް ވ. އަންބަރާ އަށް ދިޔަ 95 މީހަކު ފުލުހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މާލެ އިން ފުރައިގެން އަންބަރާ ނަމަކަށް ކިޔާ ރަށަކަށް ހުއްދަ ނެތި ދިޔަ 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެމީހުން ދިޔަ އުޅަނދަށް މީހުން އަރުވާފައި ވަނީ އެ އުޅަނދަށް ކަނޑައެޅިފައި އޮތް އަދަދަށް ވުރެ އިތުރަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/policemv/status/1370255141077622786?s=21

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި އެހީތެރިވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް