ޚަބަރު

ކެމްޕޭނަށް ރަށްރަށަށް ދެވޭނީ ފަސް މީހުންގެ ޓީމު ތަކަށް، 72 ގަޑިއިރު ކުރީގެ ނައްސި ނަތީޖާއެއް އޮންނަން ޖެހޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭން ދަތުރުތަކަށް ރަށްރަށަށް ދެވޭނީ ފަސް މީހުންގެ ޓީމުތަކަށް ކަމަށާއި އެމީހުންގެ އަތުގައި 72 ގަޑިއިރުގެ ނައްސި ނަތީޖާއެއް އޮންނަން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

Ads by STELCO

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެނޑިޑޭޓުން ތާއިދު ހޯދުމުގައި ޢަމަލުކުރުމަށް ކަނޑައަޅާ ޚާއްސަ ގައިޑްލައިންގައި ބުނެފައި ވަނީ ކެމްޕޭން ދަތުރުތަކުގައި 5 މީހުންނަށް ވުރެ ގިނަ ނުވާ އަދަދަކަށް މީހުން ބައިވެރި ކުރެވިދާނެ ކަމަށެވެ. އަދި ދަތުރުގެ މުއްދަތު 5 ދުވަހަށް ވުރެ އިތުރުވާ ނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި އުސޫލުގެ ދަށުން ދަތުރު ކުރުމުގެ ކުރިން ކެނޑިޑޭޓުން އަދި ކެނޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަން ވާނެ ކަމަށް ވެސް މި ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި ދަތުރު ކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނައްސި ނަތީޖާއެއް އޮވެގެން ކަމަށް ވެސް މި ގައިޑްލައިންގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ގައިޑްލައިންގައި ވާ ގޮތުން ރަށްރަށަށް ގޮސްފައި ރަށުގައި މީހުންނާ ވަކިން ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ. އެގޮތުން ގެސްޓުހައުސްއެއްގައި ނުވަތަ މީހުން ދިރިއުޅޭ ގެއެއްގައި ވެސް ހުރެވިދާނެ ކަމަށާއި ނަމަވެސް ހުންނަން ވާނީ ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ހުންނަ ކޮޓަރިއެއްގައި ކަމަށާއި މީހުން ދިރިއުޅޭ ގެއެއްގައި ހުންނަ ނަމަ އެ ގެއެއް މޮނިޓަރިންއަށް ވެސް ލާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

Ads by HDC
  1. ޜައްޔިތުމީހާ

    ކޮންމެހެން ރައްޔިތުން ގުނބޯހައްދަން އައްނާނެކަމެއްނެތް.