ޚަބަރު

ކެންޕެއިން ކުރަން ރަށްރަށަށް ދިޔަސް ގޭގެއަށް ޒިޔާރަތެއް ނުކުރެވޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: މީސްމީޑިއާ

ލޯކަލް ކައުންސިލް އިންތިޚާބުގައި ތާޢީދު ހޯދުމަށް ރަށްރަަށް ދަތުރު ކުރެވުނު ކަމުގައި ވީ ނަމަވެސް، ރަށްރަށުގެ ގެތަކަށް ޒިޔާރަތް ނުކުރެވޭނެ ކަމަށާއި ކެންޑިޑޭޓުންނާއި ބައިވެރިންނަށް މަރުހަބާ ކިއުމަށް މީހުން އެއް ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.

Ads by Hajj Corporation

"ކޮވިޑް-19 ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުން ތާއީދު ހޯދުމުގައި ޢަމަލުކުރުމަށް ކަނޑައަޅާ ޚާއްޞަ ގައިޑްލައިން" ގައި ބަޔާން ކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ޒިޔާރަތް ނުކުރެވޭނެއެވެ، އަދި ރަށްރަށަށްދާ ކެނޑިޑޭޓުން ތިބުމަށް ހަމަޖެހިފައިވާ ތަނަށް ރަށުގައި ދިރިއުޅޭ މީހުން ގެންގޮސްގެން ބައްދަލު ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

މީގެ އިތުރުން ރަށަށް ދިޔުމަށްފަހު ސީދާ ، ހުންނަން ހަމަޖެހިފައިވާ ތަނަށް ދިއުން އަދި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތަން ނޫން އެހެން ތަންތަނަށް ނުދިއުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކެއުން ބުއިމުގެ ކަންތައް ހުންނަ ތަނުގައި ހަމަޖެއްސުމާއި މީހުން ދިރިއުޅޭ ގެއެއްގައި ހުންނަނަމަ ކެއުމުގެ އިންތިޒާމް ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ހަމަޖެއްސުމަށް އެޗްޕީއޭއިން އެދެއެވެ.

މީގެ އިތުރުން ރަށުގައި ހުއްޓާ ފައްސިވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވެފައިވާކަން އެނގިއްޖެނަމަ ލަސް ނުކޮށް އެރަށެއްގެ ޞިއްޙީ މަރުކަޒަށް އެންގުމަށާއި ވަގުތުން ކަރަންޓީނު ވުމާއި ކަރަންޓީނުވުމުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރަން އެޗްޕީއޭއިން އެދެއެވެ.

ކަރަންޓީނު ވުމަކާ ނުލާ ކުރު މުއްދަތަށް 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރަން އެޗްޕީއޭއިން ވަނީ ޚާއްސަ އުސޫލުތަކާއެކު ހުއްދަ ދީފައެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ ޚިލާފުވެއްޖެނަމަ، އިތުރު ހުއްދައެއް ނުދެވޭނެ ކަމަށާއި 5 ދުވަހަށް ވުރެ ގިނަ މުއްދަތަށް ދަތުރު ކުރާ ނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!