ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި: ރައީސް މައުމޫން

ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރާއެކު އޮތް އެއް ޕާޓީ ކަމުގައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރުކަން ވެސް ކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި އަދި މުސްތަޤްބަލުގައި ވެސް ރާއްޖެ ކުރިއަށް ދާނީ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށެވެ
https://twitter.com/maumoonagayoom/status/1370611181690314756?s=20
މިއީ ރައީސް މައުމޫން ކޮންކަމަކާ ގުޅުވާފައި ކުރެއްވި ޓްވީޓެއްކަމެއް ހާމަވެފައެއް ނުވެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ ފަލްސަފާގައި ކަމަށާއި، ރާއްޖެ ކުރިއަށް ދާނީ އެ ޕާޓީގެ ވިސްނުމުގައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ކުރިޔަށް ދިޔަ ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވެފައެވެ.







ކޮމެންޓް