ދުނިޔެ

ބިއުބޯނިކް ޕްލޭގް: "މާމޮޓް" ކައިގެން ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް މަރާލި މިބަލި، އަލުން ފެނި ކުޑަ ކުއްޖަކު މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަދިވެސް ސަލާމަތް ނުވެވިގެން އުޅެނިކޮށް މިހާރު މިވަނީ އެހެން ނުރައްކާތެރި ބައްޔެއް ވެސް ފެތުރެން ފަށާފައެވެ.

Ads by Sosun Fihaara

އެގޮތުން "ބިއުބޯނިކް ޕެލްގް" ނަމަކަށް ކިޔާ ނުރައްކާތެރި ބައްޔެއް އުތުރު އޭޝިއާގެ ޤައުމެއް ކަމަށްވާ މޮންގޯލިއާ ގައި އަނެއްކާވެސް ފެތުރެން ފަށައިފިއެވެ. މިބައްޔަކީ މީގެ އެތައް އަހަރުތަކެއް ކުރިންވެސް ފެތުރި، އެބަލީގެ ސަބަބުން ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ،މަރާލި ބައްޔެކެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިބަލި ފެތުރެން ފަށާފައިވަނީ "މާމޮޓް" ނަމަކަށްކިޔާ ޖަނަވާރަކުންނެވެ. މާމޮޓް އަކީ މުގޮށިމީދަލުގެ އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ.

މޮންގޯލިއާގައި އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު، މިހާރުވެސް ވަނީ މިބަލީގައި މަރުވެފައެވެ.

"ނޭޝަނަލް ސެންޓާ ފޮ ޒޫނޮޓިކް ޑިޒީޒެސް" އިން ބުނެފައިވަނީ އެކުޑަ ކުއްޖާ މަރުވެފައިވަނީ މާމޮޓްގެ މަސް ކެުމުގެ ސަަބަބުން ކަމަށެވެ.

މިބަލި ފެތުރެން ފަށާފައިވުމުން ޗައިނާ އާއި އެއް ބޯޑަރެއް އިން ސަރަޙައްދުގައި މިހާރު ވަނީ ކަރަންޓީނު ފެސިލިޓީތައް ވެސް ހަޑާފައެވެ.

މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އަުމާއި، ފިނިވުމާއި، ވަރުދެރަވުމާއި، ގައިގައި ރިއްސުމުގެ އިތުރުން ހުޅުހުޅު ކޮންމެވެސް ވަރަކަށް ދުޅަވުމެވެ. މިބައްޔަށްވެސް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!