Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: ދިއްދޫން އިތުރު 10 ކުއްޖަކު ފައްސިވެއްޖެ

ކޮވިޑް-19: ދިއްދޫން އިތުރު 10 ކުއްޖަކު  ފައްސިވެއްޖެ

ހއ.ދިއްދޫން އިތުރު 10 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ދިއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. ފައްސިވެފައި ވަނީ ދިއްދޫގައި ހުންނަ އަމާންވެށީގައި ތިބި ކުދިންތަކެކެވެ.

ދިއްދޫން މީގެ ދެ ދުވަސް ކުރިން ފައްސިވެފައި ވަނީ ވެސް އަމާންވެށީގައި ކަރަންޓީންގައި ހުރި ކުއްޖެކެވެ. އެތަނުން ފުރަތަމަ ކުއްޖަކު ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ކަރަންޓީންކޮށް ނެގުނު ސާމްޕަލުންނެވެ.

Advertisement
Allied — Dhen Online (box)

ދިއްދޫ ކައުންސިލުން ވަނީ ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް ނުދިއުމަށާއި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ކޮށްދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް