Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަނިމާދޫ އެއާޕޯޓު ވެގެންދާނީ އޭޝިއާ ރީޖަންގައި ހެދޭ އެންމެ ރީތި އެއާޕޯޓަށް: ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ އެއާޕޯޓު ވެގެންދާނީ އޭޝިއާ ރީޖަންގައި ހެދޭ އެންމެ ރީތި އެއާޕޯޓަށް: ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ އެއާޕޯޓު ވެގެން ދާނީ އޭޝިއާ ރީޖަންގައި ހެދޭ އެންމެ ރީތި އެއާޕޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޢަބްދުލްޣަފޫރު މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ހަނިމާދޫ ދާއިރާގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ޢަބްދުލްޣަފޫރު ވިދާޅުވީ އެއާޕޯޓު ހެދުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތަކާއި މީގެ އިތުރުން ވެސް ކުރަންޖެހޭ ކަންތައްތައް މިހާރު ކުރެވިފައިވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

“މިއޮއްހާ ދުވަހު އެއާޕޯޓެއް ހަދާ ވާހަކަ ދެއްކީ. އެކަމާ ބެހޭ މާގިނަ މަސައްކަތެއް ނެތް ކުރެވިފައެއް. އެހެން ނަމަވެސް އެއާޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ކަމެއް އެހެރީ ނިމިފައި. ހުރިހާ ކުރެހުންތަކަކާއި ހަދަން ޖެހޭ ދިރާސާތައް ހަދާ ހުރިހާ ކަމެއް ނިމިފައި” ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މި ފެށޭ ހަފްތާގެ ތެރޭގައި އެއާޕޯޓު ބިޑު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެއާޕޯޓު ވެގެން ދާނީ އޭޝިއާ ރީޖަންގައި ހެދޭ އެންމެ ރީތި އެއާޕޯޓު ކަމަށެވެ. 

“މި ސަރުކާރުން އިރާދަ ކުރެއްވިއްޔާ އެއާޕޯޓުގެ އަމަލީ މަސައްކަތް ޖޫން ޖުލައި އޮގަސްޓް ހިސާބުގައި ފެށިގެން ދާނެ. ކަންކަން ކުރިޔާލާ ނިމިފައި ހުރި ނަމަ ހަމަ ވަރަށް އަވަހަށް ކަންކަން ކުރެވޭނެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ޑޮކިއުމެންޓެއް ވެސް އެންމެ ކުޑަ ވެގެން އެއާޕޯޓު އޮންނަށް ޖެހޭ ގޮތުގެ ފޮޓޯގަނޑެއް ވެސް ނެތި މި ހުރިހާ ކަމެއް ކުރަން މި ޖެހެނީ”ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގައި އެ ހެދިގެންދާ އެއާޕޯޓަކީ މުޅި ތިލަދުންމައްޗަށް ހެދިގެން ދާ އެއާޕޯޓެއް ކަމަށާއި އެ ހުރިހާ ރަށްތަކަށް ޓޫރިޒަމް ގެނައުމަށްޓަކާ ކުރަން ޖެހޭ މަސައްކަތަކީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުން ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއާޕޯޓަކީ މި ސަރުކާރުން ރާއްޖެ ތެރޭގައި ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޖެކްޓެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް