ޚަބަރު

އައްޑޫސިޓީ މޮނިޓަރިން އިން ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނިޓަރިން އަށް ލާފައިވާ އައްޑޫސިޓީ އާންމު ޙާލަތަށް ގެނެސްފިއެވެ.

Ads by STELCO

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވާއިރު އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. އައްޑޫސިޓީ އިން ޖުމްލަ 92 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު އެއީ ހިތަދޫ އިން 22 މީހުންނާއި މަރަދޫފޭދޫ އިން 4 މީހުންނާއި ފޭދޫ އިން 17 މީހުންނާއި މީދޫ އިން 14 މީހުންގެ އިތުރުން އެމްޓީސީސީ ސައިޓުން ފައްސިވި 35 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 65 މީހުންނާއި، އަތޮޅުތެރެއިން 14 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،476 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 18،967 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާ ވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 136 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 573،606 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!