ތަފާތު ހުނަރެއް، މިމީހާ ޕޯޓްރެއިޓް ހަދަނީ ރޫބިކްސް ކިއުބް ބޭނުން ކޮށްގެން!

ދުނިޔޭގައި ތަފާތު ހުނަރުތަކުގެ މީހުން ވަރަށް ގިނައެވެ. ތަފާތު އެކި އެއްޗެހި ބޭނުން ކޮށްގެން މޮޅެތި އުފެއްދުންތައް އުފައްދާ މީހުން ވެސް ގިނައެވެ.
ކެރަލާ އަށް އުފަން އުމުރުން 30 އަހަރުގެ ހަރީ ޕްރަސާދަކީ ވެސް އެފަދަ މީހެކެވެ. އެހެންމީހުން ކުލައާއި ފިހިން ތައްޔާރުކުރާ ޕޯޓްރެއިޓް، ހަރީ ތައްޔާރު ކުރަނީ ރޫބިކްސް ކިއުބުންނެވެ.
ހަރީގެ ބައެއް މަސައްކަތްތައް އިންސްޓަގްރާމްގައި އޭނާ ދައްކާލާފައިވާއިރު، އޭނާ ބުނިގޮތުގައި އޭގެތެރެއިން ބައެއް ޕޯޓްރެއިޓްތައް އުފައްދާފައި ވަނީ 600 އެއްހާ ރޫބިކްސް ކިއުބް ބޭނުން ކޮށްގެންނެވެ. އަދި ބައެއް ޕޯޓްރެއިޓް އެއްކޮށް ނިންމަން ދެތިން ދުވަސް ހޭދަވާ ކަމަށް ވެސް ހަރީ ބުނެފައިވެއެވެ.
<img class="alignnone wp-image-70510 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210314_185549855-1024x768.jpg" alt="" width="1024" height="768" />
ހަރީ އުފެއްދި ބައެއް މަޝްހޫރު ޕޯޓްރެއިޓް ތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު އޭނާވަނީ، އިންޑިއާގެ ކުރީގެ ލީޑަރު މަހާތުމާ ގާންދީގެ ޕޯޓްރެއިޓެއް ވެސް ރޫބިކްސް ކިއުބް ބޭނުން ކޮށްގެން ހަދާފައެވެ. އެއީ އޭނަގެ އެންމެ ފުރަތަމަ 3ޑީ މޯސައިކް ޕޯޓްރެއިޓް ކަމަށް ވެސް ހެރީ ބުންޏެވެ. ބާރަ ގަޑިއިރު ތެރޭ ހެރީ އެޕޯޓްރެއިޓް ނިންމީ 547 ރޫބިކްސް ކިއުބް ބޭނުން ކޮށްގެންނެވެ.
<img class="alignnone wp-image-70512 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/20210314_185821-1024x529.jpg" alt="" width="1024" height="529" />
ކޮވިޑްގެ ހާލަތާ ގުޅިގެން އައި ފުރަބަންދުގައި ހަރީ އޭނަގެ ހުސްވަގުތު މިހާރު ހޭދަ ކުރަނީ، ރޫބިކްސް ކިއުބް ބޭނުން ކޮށްގެން ޕޯޓްރެއިޓް ހަދާނެގޮތް އޮންލައިންކޮށް ކިޔަވާ ދިނުމުގައެވެ.







ކޮމެންޓް