ވިޔަފާރި

ކުލަތަކުން ޖަރީވެފައިވާ، ބިލިއަން ޑޮލަރުގެ އަގުހުރި ފުރަތަމަ ފްލޯޓިންގ ސިޓީ މަޝްރޫޢު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ސިޓީއެއް އެޅުމުގެ މަޝްރޫޢު އިފްތިތާޙްކޮށް، ބިލިއަން ޑޮލަރުގެ އެމަޝްރޫޢު ހަވާލު ކޮށްފިއެވެ.

Ads by STELCO

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެކެވެ.

މި މަސައްކަތް އަލުން ފެށުމަށް ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޙަފްލާއެއްގައި، އެމަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި ރައީސް ނަޝީދެވެ.

އެނގިފައިވާ ގޮތުގައި މިމަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ހޮލެންޑުގެ އެ ކުންފުންޏަށް ދީފައެވެ.

ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓްގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށާއި މިތަން ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަރަށް ގިނަ ކުލަތައް ހިމެނޭ ގޮތަށް ގެތައް ހަދާ މި ސިޓީގައި، ދެބުރިއަށް ހަދާ ގެތަކުގެ މަތީގައި ޓެރަސް އެއް ވެސް ހަދާނެއެވެ.

Ads by HDC
  1. ސޮމެޮނެ

    ކުދި ވޯޓުފޮށިތަކެއް ހެންހީވަނީ !!!