ޚަބަރު

އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގައެއް ނުދޭނެ: ޑިފެންސް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ މިއަދު މީޑިއާގައި ދައުރު ވަމުންދާ ލިޔުމަކީ ދޮގު ލިޔުންތަކެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސް ފޯސް އިން ބުނެފިއެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، އެއްބަސްވުމެއް ކަމަށްބުނެ ދައުރު ކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ.

އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ
އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް ބުނެ ލިޔުމެއް މިއަދު ވަނީ ދައުރު ވެފައެވެ.

މީސްމީޑިއާގައި އެލިޔުން ލީކު ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލީކް ވެފައިވާ އެލިޔުމުގައި ބުނާ ގޮތުންނަމަ، އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެ ކަމަށާއި އަދި ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައް ބޭނުން ކުރެވޭނެކަމަށް ވެސް ލިޔުމުގައި ވެއެވެ.

Ads by Ooredoo
  1. ޢީސަދަރި

    އަބަދުވެސް ކުރަނީ ތިޔަ ކަހަލަ ނިކަމެތި ދެރަ ވަރުގެ ކަންކަން. ތިޔަ ކަމުގެ ހިތި ރަހަ ފެންނާނެ ލަހެއްނުވެ.

  2. ސަންތި

    ތިއޮތީ ކޮށްފައެއްނު މާރިޔާ

  3. ޓާޓާ

    ތި ލިޔުމުގެ އަސްލު ސަރުކާރުން ހާމަ ނުކުރާހާހިނދު ގަބޫލުކުރާނީ އުމަރުގެ ވާހަކަ.